ތެލެސީމިއާ ދުވަހާ ގުޅުވައިގެން ތެލެސީމިއާ ޓެސްޓް ހިލޭ ހެދޭ ޚާއްޞަ ހަރަކާތެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން، ހިލޭ ތެލެސީމިއާ ޓެސްޓް ހެދުމުގެ ޚާއްޞަ ހަރަކާތެއް 7 މެއި 2026 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހު ހެނދުނު 8:30 އިން މެންދުރުފަހު 2:30 އާ ހަމައަށް، މ. ކުލުނުވެހި، ބުރުޒު މަގުގައި ހުންނަ ޝީ ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައެވެ.
އެގޮތުން އެދުވަހު ޓެސްޓު ހަދަން އަންނަ ފުރަތަމަ 100 މީހުންނަށް ހިލޭ ތެލެސީމިއާ ޓެސްޓް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޓެސްޓް ހެދެވޭނީ ޢުމުރުން 10 އަހަރުން މަތީގެ ފަރާތްތަކަށެވެ.

މި ހަރަކާތަކީ ކޮންމެ އަހަރަކު ވެސް ތެލެސީމިއާއާ މެދު ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ސްކްރީން ކުރުމަށް ހިތްވަރުދީ، ޓެސްޓިން ޚިދުމަތް ޢާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބާއްވާ ހަރަކާތެކެވެ.
ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހަކީ 8 މެއިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް