ޓޯނީ ކްރޫސް
ޓޯނީ ކްރޫސް
ކުޅިވަރު 21 May 2024 | 13:01

ޓޯނީ ކުރޫސް ޔޫރޯއަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ރެއާލް މެޑްރިޑްގެ ތަޖުރިބާކަރު މިޑްފީލްޑަރު ޓޯނީ ކުރޫސް މިއަހަރުގެ ޔޫރަޕިއަން ޗެންޕިއަންޝިޕަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ މިޑްފިލްޑަރު ރެއާލް މެޑްރިޑަށް ކުޅެދޭނެ އެންމެ ފަހު މެޗަކީ ޖޫން އެއްވަނަ ދުވަހު ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗެވެ.

ކުރޫސް މިއަދު ސޯޝަލްމިޑިއާފައި ލިޔެފައިވާގޮތުން 2014 ވަނަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ދުވަހުން ފެށިގެން އަހަރެންގެ ދުރިއުޅުމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ޚާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެއީ އަހަރެންގެ ދިރިއުޅުމުގެ މުޅިންއައު ސަފުހާއެއްގެ ފެށުން، އަދި ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބާއެކު 10 އަހަރު ހޭދަކުރުމަށްފަހު މިސީޒަން ނިމުމައެކު އަހަރެންގެ ދިރިއުޅުމުގެ މިސަފުހާވެސް ނިމުނީ އެވެ. އަދި މިކުލަބުގައި ހެދަކުރި ކާމިޔާބު ދުވަސްތަކުގެ މަތިން އަހަރެން ދުވަހަކުވެސް ހަދާން ނުނެތޭނެއެވެ. އަދި އަންނަ އިތުބާރުކޮށް މަރުހަބާކީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވެއެވެ.

ވަކިން ހާއްސަކޮށް ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ލިބުނު ލޯއްބާއި ދެމުންއައި ތަރުހީބަށް ޝުކުރުއަދާކުރަން. ހަމައެއާއެކު ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއެކު އަހަރެންގެ ފުޓްބޯޅަ ކެރުއަރި ނިންމާލުމަށް ނިންމައިފިން.

އަހަރެން ކުރުންވެސް ނިންމައިގެންހުރީ ކުޅުމުގެ ފެންވަރު ދަށްނުވަނީ ކުޅުންހުއްޓާލުމަށް ސަބަބަކީ އަހަރެން ބެންޗުގައި އިންނާކަށް ބޭނުމެއްނޫން އަހަރެން ފުޓްބޯޅަ ކުޅެނީ އުފަލަކައްޓަކައި، އަދި މިއީ ކުޅުން ހުއްޓާލުމަށް އެންމެ ރަނގަޅު ވަގުތުކަމުގައި ގަބޫލުކުރަން އަދި މިނިންމުމާއި މެދު އަހަރެން ފަޚުރުވެރިވަން..

ކުރޫސް ވަނީ ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރެއާލް މެޑްރިޑަށް 463 މެޗު ކުޅެ 28 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެކުލަބާއެކު ލަލީގާ ހަތަރު ފަހަރު، ސްޕެނިޝް ސުޕަކަޕް ހަތަރު ފަހަރު، ކޮޕާ ޑެލްރޭ އެއްފަހަރު، ޔުއެފާ ސުޕަކަޕް ތިން ފަހަރު، ޔުއެފާ ޗެންޕިއަންސް ލީގު ހަތަރު ފަހަރު އަދި ކުލަބު ވޯލްޑްކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުރޫސް ވަނީ ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް 108 މެޗު ކުޅެ 17 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...