އިންޑޮނޭޝިޔާގެ ވެރިކަން ކުރާ ސިޓީ
އިންޑޮނޭޝިޔާގެ ވެރިކަން ކުރާ ސިޓީ
ދުނިޔެ 28 Apr 2024 | 05:17

އިންޑޮނޭޝިއާއަށް 6.3 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިންޑޮނޭޝިޔާއަށް 6.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް އިން ބުނީ، މި ބިންހެލުން އައިސްފައި ވަނީ ޖާވާ އައިލެންޑުގެ ބަންޖާރު ސިޓީގެ ދެކުނުން 102 ކިލޯމީޓަރު ދުރުން 65 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމުގެ އިހުސާސް ބޮޑު ސަރަހައްދަކަށް ކުރެވުނު ނަމަވެސް އޭގެ ސަބަބުން ސުނާމީއެއް އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން އެހެންވެސް އިތުރު ގެއްލުމެއް ނުވަތަ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ އިރު ބިންހެލުމާއި ގުޅިގެން ވަކި އެލާޓެއް ވެސް ނެރެފައި ނުވެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ، މި ބިންހެލުން އައިސްފައި ވަނީ މާލެއާ 3761 ކިލޯމީޓަރު ކައިރިއަށް ކަމަށެވެ. އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަަަށް ނުފެންނަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ:

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް