ޔޫސޭ އަނެއްކާވެސް އެނބުރި މަޖިލީހަށް!
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ފޯމް ހުށައަޅުއްވައިފިއެވެ.
މިއަދު ޔޫސޭ ފޯމް ހުށައަޅާފައިވަނީ މާފަންނު ދެކުނު ދާއިރާއަށެވެ. ފޯމް ހުށައެޅުމަށްފަހު ޔޫސޭ ވަނީ ފޭސްބުކް ލައިވްއަކުން އާންމުންނަށް އެކަން އިއުލާންކޮށްފައެވެ.
މި ލައިވްގައި ވާހަކަދައްކަމުން ޔޫސޭ ވަނީ ރައްޔިތުން ޔޫސޭއަށް ދޭ ލޯތްބާއި އިހުތިރާމް މިފަހަރުވެސް ދެއްވާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.
https://www.facebook.com/USAYOfficial/videos/2290390870991612/?_rdc=1&_rdr
ޔޫސޭ ވަނީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަން ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް