ދީނީ ނަސޭހަތް ދޭނަމަ ހުއްދަ ނަގާތި: އިސްލާމިކް މިނިސްޓްރީ
ދީނީ ނަސޭހަތް ދޭކަމުގައި ވަނީނަމަ އެކަމުގެ ހުއްދަ ނެގުމަށް އިސްލާމިކް މިނިސްްޓްރީން އެދިއްޖެއެވެ.
މިނިސްޓްރީން މިހެން އެދިފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި މިނިސްޓްރީއިން ބުނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދީނީ ޝިއާރުތައް ފާޅުކުރުމުގެ ބެލެނިވެރި ފަރާތަކީ އެ މިިނިސްޓްރީ ކަމަށާއި އެ މިނިސްޓްރީގެ ހުއްދަ ނުނަގައި ދީނީ ނަސޭހަތް ދޭނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
މި ވާހަކައަކީ މި މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް އަންގާފައިވާ ވާހަކައެއްކަމަށްވެސް ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ. އަދި މި އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ދީނީ ތަގްރީރުކޮށް، އާންމުކޮށް ދީނުގެ ހުކުމްތައް ބަޔާންކުރަންވާނީ، އިސްލާމިކް މިނިސްޓްރީން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް