ސިވިލް ކޯޓުން ގޮތެއް ނިންމަންދެން ޕީޕީއެމްއިން ނިންމާ ކަންކަން ތަންފީޒެއް ނުކުރާނަން: އީސީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިވިލް ކޯޓަށް ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް ހުށައަޅުއްވާފައިވާ މައްސަލާގައި ވަކި ގޮތެއް އެ ކޯޓުން ނިންމަވަންދެން އެ ޕާޓީން ނިންމާ ކަންކަން ތަންފީޒު ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ބައެއް މެންބަރުން އެޕާޓީން ވަކިކޮށް އެކަން ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
ނަމަވެސް މިވަގުތު ސިވިލް ކޯޓްގައި އެޕާޓީގެ ލީޑަޝިޕާއި ގުޅޭ މައްސަލައެއް ކުރިއަށްދާތީ، ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން ނިންމާ އެއްވެސް ކަމެއް އީސީއިން ބަލައިިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މިގޮތައް އެ ކޮމިޝަނުން ނިއްމަވަންޖެހުނީ މިވަގުތު ކަންކަން ނިންމައިފިނަމަ އޭގެ ސަބަބުން ސިވިލް ކޯޓްގައި ހިނގަމުންދާ މައްސަލައަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އީސީގެ ރައީސް އަހުމަދު ޝަރީފަށް ސިޓީ އެއް މެދުވެރިކޮށް ޕީޕީއެމްގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޕީޕީއެމްގެ ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް