މަޖިލިސް އިންތިހާބަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ޝަރީފު ގޮވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ސީރިއަސް މަސައްކަތް ތަކެއް ކުރުން ބުއްދިވެރި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔަލީ ދުނިޔެއިން ނުކުމެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ކުރުން މާ ބުއްދިވެރި ކަމަށާއި ހަގީގަތް ގަބޫލުކުރެއްވުމަށެވެ.
ޝަރީފް ވަކިބައެއް ނުވަތަ މީހަކަށް ނިސްބަތް ނުކުރިކަމުގައި ވިޔަސް ބެލެވެނީ މިއީ ޕީޕީއެމް އަށް އެބޭފުޅާ ދެއްވި މެސެޖެއް ކަމުގައެވެ. މީގެ ކުރިން އިލެކްޝަންސްއިން ވަނީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކަކީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާ ކުރެވިފައިވާ މައްސަލަތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނެފައި ވަނީ އިންތިހާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ހުށަހެޅިފައި ނެތްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގަން އަމުރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް