ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ
ސިއްރުފެންފުށި ރިސޯޓުގައި މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތަކުން ވެއްޓި، އަނިޔާވި ދިވެއްސަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން ބާވީސް އަހަރުގެ ޒުވާނެކެވެ. ފުލުހުން ބުނެފައިވަނީ އެ ޒުވާނާ މަރުވެފައިވަނީ ރިސޯޓްގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އަދި އެހާދިސާ ހިންގަން މެދުވެރިގޮތް ބެލުމަށް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވާކަމަށެވެ.
ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި މީހަކު މަރުވެފައިވާއިރު، އައްޑޫސިޓީގެ އިމާރާތެއްގެ މަތިން ވެއްޓުނު ކުޑަ ކުއްޖަކަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން މިއަދު ނ. މާފަރުގައި މަސް ހިފަން މޫދަށް އެރި އުޅުނު ދިވެއްސަކު ވަނީ މަރުވެފައެވެ. އަދި އޭގެ އިތުރުން ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް