މިރޭގެ މާރާމާރީ: އަނިޔާވި އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީގައި އަނިޔާވި އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ މިރޭ އިރުއޮއްސި 6:37 ހާއިރު ކަމަށެވެ. މި މާރާމާރީގާއި ދެ މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފަހުން ބުނީ އެތަނުން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް