މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް ތާވަލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓެއް މާދަމާ ނެގުމަށް ނިންމައި، އެކަން ތާވަލްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމަކުންނެވެ. އެ ކޮމެޓީގެ އިއްތިފާގުން މިއަދު ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު 43 މެންބަރުންގެ ސޮޔާއި އެކު ހުށައެޅި މައްސަލައެވެ.
މިދިޔަ އަހަރު އެ މައްސަލަ ހުށައެޅުމާއި އެކު، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ވޯޓަކަށް އެހުމަށް ޕެޓިޝަން ހުށައަޅާއިރު، ހުށައަޅަންޖެހޭ ސޮއިގެ އަދަދު ވަނީ ކުއްލިގޮތަކަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް އިތުރުކޮށްފައެވެ.
މި މައްސަލަ މާދަމާއަށް ތާވަލްކޮށްފައިވާ ހިނދު މިދިޔަ ހަފްތާގެ ތެރޭގައިވަނީ 51 މެންބަރެއްގެ ސޮޔާއި އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ޕެޓިޝަންއެއް ވަނީ މިދިޔަ ހަފްތާގައި ވަނީ ހުށައަޅާފައެވެ.
މި މައްސަލަ ހުށައަޅަމުން މެންބަރުން ބުނެފަައިވަނީ މަސީހު މަގާމުގެ ޒިންމާތައް އަދާކުރުމުގައި އިހުމާލްވެފައިވާ ކަމަށާއި މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް