ޘަގީފްގެ ކެމްޕޭނަށް އަދާލަތު ޕާޓީގެ އިސް ވަފުދެއް ހދ.އަތޮޅުގައި
ސަރުކާރުގެ ކެންޑިޑޭޓް ޙުސައިން ޘަޤީފު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވައި ކުރަށްވަމުންގެންދަވާ ކެންޕެއިންއާއި ގުޅިވަޑައިގަތުމަށް ސަރުކާރުގެ އިސްވަފުދެއް ހދ. އަތޮޅަށް ވަޑައިގެންފިއެވެ.
މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ މި ސަރުކާރުގެ އިސް ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ. ދެން ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަހުމަދު ޒާހިރު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފު، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިިިނިސްޓަރ އަޙްމަދު މުޙްސިން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޝިޔާމާ މުޙައްމަދު އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ.
މި ވަފުދު ވައިކަރަދޫ ދާއިރާގެ އިތުރުން މަކުނުދޫ ދާއިރާއަށްވެސް ޒިޔާރަތް ކުރައްވާނެއެވެ. ދައިރާގެ ރަށްތަކަށް ވަޑައިގެން ޘަޤީފުގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހިޔާލު ހޯއްދަވާ ސަރުކާރުގެ ތެރެއިން ހައްލު ހޯއްދެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.
ޘަޤީފުގެ ކެމްޕޭނަށް މީގެ ކުރިންވެސް ސަރުކާރުގެ ވަފުދެއް ވަނީ ޒިޔާރަތްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް