އުމްރާ ކުރެއްވުމަށް އިބޫ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައިވަނީ، އިބްރާހިމް މުހައްމަދު ސޯލިހު އުމްރާކުރެއްވުމަށް މާދަމާ ސައުދީ އަރަބިއްޔާާއަށް ވަޑައިގަންނަވާނެކަމަށް ހާމަކުރައްވާފައެވެ. މި ދަތުރުގައި އެމަނިކުފާނު ސައުދީގެ އޮފިޝަލުންނާއި ބައްދަލުކުރައްވާނެކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ ރާއްޖެއަށް ވަޑައިގަންނަވާނީ މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.
އިބްރާހިމް މުހައްމަދު ސޯލިހު އުމްރާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާއިރު، މީގެ ކުރިން އެމަނިކުފާނަށް ސައުދީ ރަސްގެފާނު ސަލްމާން އަދި ވަލީ އަހުުދު މުހައްމަދު ވަނީ މަރުހަބާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް