ކ. ހުދުރަންފުށި ރިސޯޓްގެ ވޯޓަރ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކ.ހުދުރަންފުށި ރިސޯޓުގެ ވޯޓަރ ވިލާތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި އެ ރިސޯޓުގައި އަލިފާންގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 2:00 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ތިން ވޯޓާ ވިލާއެއްގައި ކަމަށެވެ.

އަދި މިރޭ 4:30 ހާއިރު ރިސޯޓް މުވަޒަފުންނާއި އެމްއެންޑީއެފް ގެ އެހީ ތެރިކަމާއެކު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ހާދިސާގައި ރޯވި ވޯޓާ ވިލާތަކަށް ވަރަށް ބޮޑަށް ވަނީ ގެެއްލުންވެފައި އެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާއިން ގެއްލުމެއް ލިބިފައި ނުވެއެވެ.
މިހާރު މިހާދިސާ އަންނަނީ ފުލުހުން ތަހުޤީގު ކުރަންމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް