N/A
N/A
ހަބަރު 27 Dec 2019 | 12:33

ދިވެހިންގެ "މަސްދަޅު ހަދިޔާ" ކޮންޓެއިނާ ހަމަވެއްޖެ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި އޭ ސީ )ގެ ފަރާތުން ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް މި ފިނި މޫސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "މަސްދަޅު ހަދިޔާ" ގެ ނަމުގައި ހިންގި ހަރަކާތަށް ބޭނުންވާ މިންވަރަށް މަސްދަޅު ލިބިފައިވާކަމަށް މި ހަރަކާތުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

28 އޮކްޓޯބަރު 2019 ގައި ފެއްޓި މި ކެމްޕެއިންގައި މަދުވެގެން 1 ކޮންޓެއިނަރުގެ މަސްދަޅު ހަމަކުރުމަށް ނިންމާފައިވެއެވެ.

25 ޑިސެމްބަރ 2019 ގެ ނިޔަލަށް، ޖުމްލަ 1800 ކޭސް މަސްދަޅު ދިވެހި އަޚުންނާއި އުޚްތުންގެ ފަރާތުން ލިބިފައިވާއިރު މިއީ 86،400 މަސްދަޅެވެ. ފައިސާގެ ގޮތުން އަގު ކުރާނަމަ 1،305،000.00 ރ ( އެއް މިލިއަން ތިން ލައްކަ ފަސްހާސް ރުފިޔާ ) އެވެ. މި ހަރަކާތުގެ ނަމުގައި ޚާއްސަ ލޭބަލް އަދި ލޯގޯ ހިމަނައިގެން ބަންދުކޮށްފައިވާ މި މަސްދަޅުތައް ފޮށީގައި ބަންދުކޮށް ހެދުމުގެ އަމަލީ މަސައްކަތުގައި އައިއޭސީ ގެ ޗެއާ ޕާސަން އަލްފާޟިލް އަޙްމަދު އިޤްބާލް އާއި ސެކެރެޓަރީ ޖެނެރަލް އަލްފާޟިލް އިބްރާހިމް ޝާޒް ވަނީ ބައިވެރިވެފައެވެ.

އައިއޭސީގެ އޮފިޝަލުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މި މަސްދަޅު ކޮންޓެއިނަރ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގައި ނުވަތަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މި ފުރުޞަތުގައި އައިއޭސީގެ ފަރާތުން މުސްލިމް އަޚުންނާއި އުޚްތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ހިންގާ މިފަދަ ހަރަކާތްތަކަށް އެހީތެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރެއްދަންނަވާކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ސީރިއާގެ ރައްޔިތުންނަށް "މަސްދަޅު ހަދިޔާ" ހަރަކާތަށް ބޭނުންވާ މަސްދަޅު ލިބިފައިވީނަމަވެސް ފިނި މޫސުމުގެ މި ކެމްޕޭންގެ ދަށުން ފަލަސްތީން، ޔަމަން، ރޮހިންޔާ، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީ ދިނުމުގެ ފުރުޞަތު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލެވިފައެވެ. މި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ބީއެމްއެލް އިސްލާމިކް އެކައުންޓް ތަކަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...