އަނބިކަނބަލުންނާއި އެކު އިބޫ އުމްރާއަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެބޭފުޅާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އެކު އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ފުރާވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އިބޫގެ ދެކަނބަލުން ފުރާވަޑައިގެންނެވިއިރު، އަރިހުގެ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދެކަނބަލުން އަދި އިދިކޮޅު އިއްތިހާދުގެ ގިނަ ބޭފުޅުން ވަޑައިގެންނެވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅުން ސައުދީއަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުގެ ޚާއްސަ ޖެޓެއްގައެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އިއްޔެ ކުރެއްވި ޓްވީޓެއްގައިވަނީ، އިބްރާހިމް މުހައްމަދު ސޯލިހު އުމްރާކުރެއްވުމަށް މާދަމާ ސައުދީ އަރަބިއްޔާާއަށް ވަޑައިގަންނަވާނެކަމަށް ހާމަކުރައްވާފައެވެ. މި ދަތުރުގައި އެމަނިކުފާނު ސައުދީގެ އޮފިޝަލުންނާއި ބައްދަލުކުރައްވާނެކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ ރާއްޖެއަށް ވަޑައިގަންނަވާނީ މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް