އުރަމަތީގެ ކެންސަރު ޖެހުމުން ދުރުވާނީ ކިހިނެއް؟
ކެންސަރަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ތތެރެއިން ގިނަ މީހުން މަރުވާ އެއް ބައްޔަކީ ކެންސަރެވެ.
އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތީގެ ކެންސަރެެވެ. އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރި ވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ހުރެއެެވެ. އެގޮތުން ގަވައިދުން އެބައްްޔަށް ސްކްރީން ކުރުމާއި ސިއްހީ ގޮތުން ގެއްލުން ދެނިވި އަަމަލުތައް ނުކުރުން ހިމެނެއެވެ. މަސްތުވާތަކެއްޗާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް ކެންސަރަށް މަގުފަހި ކުރުވާ ބައެއް ކަންކަމެެވެ.
އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިންފް ނޮޑިޔުލްސް ތަކަށް ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް ނޮޑިޔުލްސްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.
އުރަމަތީގެ ކެންސަރަކީ އެމެރިކާ ފަދަ ގައުމުތަކުގައި އެންމެ ގިނައިން އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތެވެ. އުރަމަތީގެ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނައިން ކެލްސިއަމް ހުންނަ ކާއެއްޗެހީގެ އިތުރުން ތަރުކާރީ އާއި މޭވާ ގިނައިން ކާންޖެހެ އެވެ. އަދި ގަވައިދުން ކަސްރަތުކޮށް ފަލަވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.
އުރަމަތީގެ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީވެސް ވަަރަށް މުހިންމު ކަމެކެވެ.
ބަރުދަން އިތުރުވުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. އެއީ އުރަމަތީގެ ކެންސަރަށް މަގުފަހިކުރުވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ގަވައިދުން ކަސްރަތު ކުރުމަށް އިސްކަން ދޭށެވެ. ކަސްރަތު ކުރުމަށް ވަގުތު ހުސްކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ، ވަރަށްވެސް މުހިންމު ކަމެކެވެ.
ދިވެހީންގެ ތެރޭގައިވެސް އާންމު ކަމެއް ކަމުގައިވާ ދުންފަތުގެ ބޭނުން ކުރުމަކީވެސް އުރަމަތީގެ ކެންސަރު ޖައްސުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން، ދުންފަތުން އަރާ ދުމުންވެސް މި ގެއްލުން ލިބެއެވެ. ތިބާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއއްނަމަ، އަވަހަށް އެކަން ހުއްޓާލާށެވެ، ހުރިހާ ޑޮކްޓަރުންވެސް އިއްތިފާގުވާ ގޮތުގައި ދުންފަތުގެ އއިސްތިއުމާލު ކުރުމަކީ ކެންސަރަށް މަގުފަހި ކުރުވާ ކަމެކެވެ.
ދެން އޮތީ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގެ މުހިންމު ކަމެވެ. ފަހަކަށް އައިސް ގާތުން ކިރުދޭ މައިން ވަނީ ވަަރަށް މަދުވެފައެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ގާތުން ކިރުދިނުމަކީ އުރަމަތީގެ ކެންސަރުގެ ރިސްކު ވަރަށް ބޮޑަށް ކުޑަ ކޮށްދޭ ކަމެކެވެ. އަދި ގިނައިން ކިރުދިން ވަރަކަށް އެ ރިސްކު މަދުވާ ކަަމަށްވެސް ޑޮކްޓަރުން ހާމަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް