އެމްއައި-8ޓީ މަރުކާގެ ހެލިކޮޕްޓަރެއް
އެމްއައި-8ޓީ މަރުކާގެ ހެލިކޮޕްޓަރެއް
ދުނިޔެ 01 Sep 2024 | 11:11

ރަޝިޔާގެ ހެލިކޮޕްޓަރެއް 22 މީހުންނާއެކު ގެއްލިއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދުގައި ހުންނަ އަލިފާން ފަރުބަދައެއް ހިމެނޭ ސަރަހައްދަށް ދަތުރުކުރަމުންދިޔަ  ހެލިކޮޕްޓަރު 19 ފަސިންޖަރުންނާއި ތިން ފަޅުވެރީން ނާއެކު ގެއްލިފައިވާ ކަމަށް އެގައުމިގެ އޮފިޝަލުން ބުނެފިއެވެ.

އިއްޔެ ގެއްލުނު އެމްއައި-8ޓީ މަރުކާގެ އެ ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދަކީ ފުސް ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ވައިގެ މަގުން ދުއްވުމަށް ރައްކާތެރި ނޫން ސަރަހައްދެއްކަމަށް ވެސް  އޮފިޝަލުންވަނީ ބުނެފައެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ރެސްކިއު ޓީމުތަކުން ގެއްލުނު ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްށެވެ.

އިމަޖެންސީ ސާވިސަސްގެ އޮފިޝަލަކު ނިއުސް އެޖެންސީ ޓަސްއަށް މައުލޫމާތު ދެމުން ބުނީ ހެލިކޮޕްޓަރު ފުރިތާ ކިޑައިރުކޮޅެއްތެތޭގައި  ރާޑަރުން ހެލިކޮޕްޓަރުގެއްލުނު ކަމަށާއި އެއްވެސް މައްސަލައެއް ހެލިކޮޕްޓަރުގެ ފަޅުވެރިންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކިރަން ފަށާފައިވާކަމަށްވެސް އޮފިސަލުވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް