މޮރީނިއޯ ގެންދިޔުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ފަށައިފި
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ރެއާލް މެޑްރިޑުން މޮރީނިއޯ އެ ކްލަބަށް ގެނައުމުގެ މަސައްކަތްތަށް ފަށައިފިކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
އެއްވަނައިގަ އޮތް ބާސެލޯނާއަށް ވުރެ ދިހަ ޕޮއިންޓް މަދުން ލިބިގެން ސްޕެއިން ލީގުގެ ފަސްވަނައިގަ އޮތް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވަނީ މޮރީނިއޯ ތަމްސީލްކުރާ ފަރާތްތަކައި ބައްދަލު ކޮށްފައިކަމަށްވެއެވެ.
ފެރޭޒްވަނީ 2010 ވަނަ އަހަރު ރެއާލްގެ ކޯޗްކަމަށް މޮރީނިއޯ ހަމަޖައްސާފައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން އޭރު ރެއާލްވަނީ ކޮޕާ ޑެލްރޭ އަދި ސްޕެއިން ލީގުވެސް ކާމިޔާބުކޮށްފައެވެ. ރެއާލްއާއެކު މޮރީނިއޯ މި ކާމިޔާބުތައް ހޯދީ ޕެޕް ގާޑިއޯލާ ކޯޗްކަން ކޮށްދެމުންއައި ބާސެލޯނާ އެންމެ ވަރުގަދަކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ދުވަސްވަރުގައެވެ.
ކުޅުންތެރިންނައި މައްސަލަޖެހިގެން މޮރީނިއޯ ރެއާލް ދޫކޮށްލި ނަމަވެސް އެ ކްލަބުގެ ރައީސް ޕެރޭޒްއައި އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ކަމުން ވަކިކުރުމަށްފަހު މޮރީނިއޯޯއަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށް ގިނަ މީޑިއާތަކަކުން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބޭގޮތުގައި މޮރީނިއޯ އޭނާގެ މުސްތަގްބަލައިމެދު ވަކި ގޮތެއް ނުނިންމާ ހުރީ ޔުނައިޓެޑުން އޭނާ ކޯޗް ކަމުން ވަކިކުރުމުން ލިބެންޖެހޭ ފީ އަދި ވަކިކޮޅެއްގައި ނުޖެހޭތީއެވެ. ސެޓަލްމެންޓް ފީއެއްގެ ގޮތުގައި މޮރީނިއޯއަށް ޔުނައިޓެޑުން 15 މިލިއަން ޕައުންޑް ދޭންޖެހޭ ކަމަށްވެއެވެ.
ޔުނައިޓެޑުގައި މޮރީނިއޯ ހޭދަ ކުރި ދުވަސްތަކުގައި އޭނާވަނީ އެ ކްލަބަށް ލީގް ކަޕް އަދި ޔުއޭފާ ޔޫރޯޕާ ލީގް ކާމިޔާބުކޮށްދީފައެވެ.
ތަކުރާރުކޮށް ނެރެމުންދިޔަ ދަށް ނަތީޖާތަކަށައި ކުޅުންތެރިންނައި މައްސަލަޖެހިފައިވުމުން މޮރީނިއޯ ވަކިކޮށް ޔުނައިޓެޑުގެ ކޯޗްކަމަށް މި ސީޒަން ނިމެންދެން ގެނެސްފައިވަނީ ކްލަބް ލެޖެންޑް ޝޯލްޝާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް