އުރީދޫ ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ސީޒަން 1 ނިންމާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އުރީދޫެިން ބުނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓގައި 15 ކުޅުންތެރިން ބައިވެރިވެފައި ވާކަމަށެވެ.

އަދި އެންމެ މޮޅު ތިން ކުޅުންތެރިން ގެ މަގާމު ހޯދާ ތިން ކުޅުންތެރިއަކު ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ގްރޭންޑް ފިނާލޭ އަށް ކޮލިފައި ވެފައިވާކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ:
· ޗެމްޕިއަން: މުހައްމަދު މާއިޝް (2500 ރުފިޔާ)
· ދެވަނަ: މުހައްމަދު ޔޫހު (1500 ރުފިޔާ)
· ތިންވަނަ: އަޔާން އަހުމަދު (1000 ރުފިޔާ)

އުރީދޫއިން އިތުރަށް ބުނީ މި މުބާރާތުގެ ސީޒަން ދޭއްގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެ ކަމަށެވެ.
ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަކަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް