އިންގްލެންޑް 3-2 ސްޕެއިން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޔުއޭފާ ނޭޝަންސް ލީގުގައި އިންގްލެންޑް އަދި ސްޕެއިން ބައްދަލު ކުރި މެޗު 3 ލަނޑު 2 ލަނޑުން އިންގްލެންޑް ކާމިޔާބު ކޮށްފިއެވެ.
އިންގްލެންޑުގެ ފަރާތުން މެޗުގައި ފެނުނު ތިން ލަނޑުވެސް ޖަހފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މެޗު ފެށިގެން މޮޅަށް ކުޅެ ބޯޅަ ޑޮމިނޭޓް ކޮށްފައިވަނީ ސްޕެއިނުންނެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާތަކެއްވެސް އިދިކޮޅު ގޯލަށް އަމާޒުކޮށްފައިވަނީ ސްޕެއިނެވެ.
ނަމަވެސް އިންގްލެންޑް ކުޅެމުން ގެންދިޔަ ކައުންޓާ އެޓޭކިން އަދި ޑައިރެކްޓް ބޯޅަތަކުގެ ނަތީޖާއަކަށްވީ 16 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ތިރިން ކުރި ހުރަހަކުން ރަހީމް ސްޓާލިންގް ލަނޑު ޖަހައި އިންގްލެންޑުން މެޗުގެ ކުރިހޯދުމެވެ.
ފުރަތަމަ ލަނޑުޖެހިތާ މާގިނަ އިރެތަކެއް ނުވެ މެޗުގެ 30 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑް ފުޅާކޮށްދިނީ ހެރީ ކޭން ހުސްކޮށްލާފަ ދިން ބޯޅައަކުން މާކަސް ރަޝްފޯޑެވެ.
ސްޕެއިނުން އެޓީމުގެ ފަހަތަށް ނުވިސްނާ ބޯޅަ ހިފައިގެން އަބަދުހެން ކުރީގައި އޮތުމުގެ ނަތީޖާއަކަށްވީ އިންގްލެންޑް އެޓިމުގެ ތިން ވަނަ ލަނޑުޖަހައި ސްޕެއިން މުޅިން ޕްރެޝަރަށް ވައްޓާލުމެވެ. މި ލަނޑު ޖާހާފައިވަނީ ޑިފެންޑަރުން ކައިރިން ވަރަށް މޮޅަށް ދެމިގަނެގެން ހެރީ ކޭން ދިން ޕާހަކަން ގޯލް ކުރިމަތީ ހުސްކޮށް ހުރި ރަހީމް ސްޓާލިންގްއެވެ.

ދެވަނަ ހާފު ފަށިގެން ސްޕެއިނުން ފުލުފުލުގަ އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ ލިބުނު ކޯނަރަކުން ބަދަލު ކުޅުން ތެރިޔެއްގެ ގޮތައި ކުޅެން ނުކުތް ޕަކޯ އަލްކަސޭއާ ބޮލުން ފޮނުވާލި ހަމަލާއިން އިންގްލޭންޑްގެ ގޯލް ފޫއެޅުމެވެ.
މެޗުގައި ފެނުނު ފަސްވަނަ ލަނޑު އަދި ސްޕެއިންގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރިހަމަ ވަގުތު ހަމަވެ ކުޅެވުނު އިތުރު ވަގުތުގެ ތެރޭގައި ސާޖިއޯ ރާމޯސްއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ގަރެތް ސައުތްގޭޓް ބުނެފައިވަނީ މެޗުގައި ދެއްކި ކުޅުމާދު އޭނާގެ ކުޅުންތެރިން ފަހުރުވެރިވާން ޖެހޭކަމަށާއި އިނގިރޭސި ޒުވާން ކުޅުންތެރިން ވަނީ ޕްރެޝަރު ބޮޑުވި ވަގުތު ތަކުގައިވެސް މޮޅު ކުޅުމެއް ދައްކާފަ ކަމަށެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މެޗުން ބަލިވީ ފުރަތަމަ ހާފުގަ މާބޮޑަށް ފަރުވާ ކުޑަކޮށްލެވުމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް