އަކާލާގެ މިރޭގެ ޝޯވގަައި ސައިނާ!
ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަކާލާ ރެސްޓޯރެންޓަށް ހުކުރު ދުވަހަކީ ޚާއްސަ ދުވަހެކެވެ. އެއީ މަޝްހޫރު މިއުޒިކް ސްޓޫޑިއޯ "ހައުސް އޮފް މިއުޒިކް"އާއި ގުޅިގެން ދިވެހި ފަންނާނުންގެ ހުނަރު ދައްކައިދޭ ޚާއްސަ ދުވަހެވެ.
އެގޮތުން މިރޭވެސް އަކާލާ ރެސްޓޯރެންޓްގައި ހައުސް އޮފް މިއުޒިކްގެ ޚާއްސަ ޝޯވްއެއް ކުރިއަށްދާނެއެވެ. މި ޝޯވްގައި ލަވަތައް ހުށައަަޅައިދޭނީ ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވިދާލި ސައިނާ ރަޝީދެވެ.
މޯލްޑިވިއަން އައިޑޮލްގެ އެންމެ ފަހުގެ ސީޒަނުން އާންމުންގެ މަގުބޫލުކަން ހޯދި ސައިނާ މިރޭ ލަވަކިޔާއިރު، އޭނާއާއި އެކުގައި ހައުސް އޮފް މިއުޒިކްގެ އެހެން ފަންނާނުންވެސް ޕާފޯމްކުރާނެއެވެ.
އަކާލާ ހުންނަނީ މާފަންނު އެލިޔާ ކައިރީގައެވެ.
މި ރެސްޓޯރެންޓުން ކޮފީ، އަދި ތަފާތު ބާވަތްތަކުގެ ކެއުން ހެޔޮއަގުގައި ލިބެން ހުންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް