މިސްރުގައި އިއުލާނު ކޮށްފައިވާ ކުއްލި ހާލަތުގެ މުހުލަތު އިތުރުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިސްރުގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އަނެއްކާވެސް ތިން މަސްދުވަހަށް އިތުރުކޮށްފިއެވެ.
އޭޕްރީލް 2017 ގައި މިސްރުގެ ނަސާރާ ދީނުގެ ދެ ފައްޅިއެއްގައި ބޮންގޮއްވާލުމުގެ ސަބަބަން 45 މީހުން މަރުވުމާއި ގުޅިގެން އިއްވުނު ކުއްލި ހާލަތު މިއަދާ ޖެހެންދެންވެސް އެގައުމުގައި ދަނީ ކޮންމެ ތިން މަހަކުން އިތުރު ކުރެވެމުންނެވެ.
އަނެއްކާވެސް މުއްދަތު އިތުރުކުރެވުނު މި ކުއްލިހާލަތާއި ބެހޭ ގޮތުން މިސްރުގެ ރަސްމީ ގެޒެޓްގައިވަނީ ކުއްލި ހާތަލުގެ މުހުލަތު އިތުރު ކުރެވިފައިވަނީ ޓެރެރިޒަމްއަށް ފަންޑު ކުރާ ފަރާތްތަކުގެ ކިބައިންނާއި އެހެނިހެން ނުރައްކާތަކުން ގައުމު ސަލާމަތްކޮށް ރައްކާތެރިކޮށް ބޭއްވުމަށް ގައުމުގެ ދިފާއީ ބާރުތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ކުއްލި ހާލަތުގެ ދަށުން އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކަށް ބޭނުން ތަނެއް ބަލައި ބޭނުން ބަޔަކު ހައްޔަރު ކުރުމުގެ ފުރުސަތު ލިބިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް