ރައީސް ނަޝީދު އެނބުރި މާލެއަށް ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެއަށް ވަޑައިގެންފިއެވެ.
ރޭގެ ވަގުތެއްގައި ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާފައިވަނީ ވިލާ އެއަރގެ ފްލައިމީގެ ފްލައިޓަކުންނެވެ.
ތިން ދުވަހުގެ މުއްދަތަކަށް ރައީސް ނަޝީދު ކުރެއްވި މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގެ ރަށްތަކަށް ވަޑައިގެން، އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ މަސައްކަތްތަކަށް ޚާއްސަ އޮފީހެއްވެސް ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އަނބިކަނބަލުން ލައިލާ އަލީ، އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މައުލޫމާތު ލިބިފައިވާާ ގޮތުގައި ދެން ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތިލަދުންމައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް