މި އަހަރު ތެރޭގައި ފަތުރުވެރިކަމަށް 1290 އެނދު ނެރެވޭނެ: ވަޒީރު ޠާރިޤް
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މި އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މާކެޓަށް އައު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާލުވެއްޖެއެވެ.
ވަޒީރު މިހެން ވިދާލުވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުންނެވެ.
މިވަގުތު 156 ތަނެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 61 ތަނެއް، ހުއްޓިފައިވާ ކަމަށެވެ.
މިވަގުތު ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އޭގެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 61 ތަނެއް، އެކި ސަބަބުތަކަށްޓަކައި މަޑުޖެހިފައި،
ވަޒީރު ޠާރިޤް
މަސައްކަތް ހުއްޓިފައިވާ ތަންތަނުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހި ބްރޭންޑްތަކުގައި ހިންގަނީ އެންމެ 65 ރިސޯޓު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު ކަމަށެވެ.
ދެން މި އަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އިންޑަސްޓްރީން މައުލޫމާތު ލިބިފައި އޮތީ،
ވަޒީރު ޠާރިޤް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޚިދުމަތްދޭ އެނދުގެ ޖުމްލަ އަދަދަކީ، 62290 އެވެ. އަދި ޚިދުމަތްދޭ ތަންތަނުގެ އަދަދަކީ 1162 އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް