ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ސުކޫލު ކުއްޖާ ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ފޮނުވި ފަހުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 08:30 އެހައިކަންހާއިރު ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށާ، އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ އަދާހަަމަ ހާމަ ކުރައްވަމުން ދާދި ދެންމެއަކު ފުލުހުން ބުނެފައިވާ ގޮތުން، އެކުއްޖާ ފެނުނީ މިއަދު މިއަދު މެންދުރު 12:18 ކަންހާއިރު ކަމަށެވެ.
އޭނާ ފެނުނީ ހުޅުމާލޭ ފޭސް 1 އިން ކަމަށާ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް