އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ފޮނުވާލަނީ
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ފޮނުވާލަނީ
ދުނިޔެ 12 Sep 2024 | 10:23

އުތުރު ކޮރެއާއިން ކަނޑަށް، ބެލިސްޓިކް މިސައިލެއް ފޮނުވި ކަމަށް ދެކުނު ކޮރެއާއިން ތުހުމަތު ކޮށްފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ސޯލް، ސައުތު ކޮރެއާ -އުތުރު ކޮރެއާއިން ބުރާސްފަތި ދުވަހުގެ ހެނދުނު ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ މި ހަމަލާ ފޮނުވާލީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ކަމަށެވެ. ނަމަވެސް އެ މިސައިލު ދަތުރުކުރީ ކިހާ ހިސާބަކަށް ކަމެގެ ތ ތަފްސީލެއް ދީފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުން ވެސް އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަމަށް އެ ގައުމުގެ އެކްސް އެކައުންޓުން އެލާޓް ކުރި ނަމަވެސް އޭގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.

މިއީ އުތުރު ކޮރެއާއިން ދެ މަހަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އާންމުކޮށް ހަތިޔާރު ފޮނުވާލި ފުރަތަމަ ފަހަރެވެ. މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު އުތުރު ކޮރެއާއިން ވަނީ "ސުޕަ ލާޖް" 4.5 ޓަނުގެ ވޯހެޑެއް ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި އާ ޓެކްޓިކަލް ހަތިޔާރެއް ޓެސްޓްކޮށްފައިވާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް