އައްޑޫ ސިޓީއިން ބިޒްނަސް ވިސާ ދޫކުރަން ފަށައިފި
މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އައްޑޫސިޓީގައި ބިޒްނަސް ވިސާ ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް މިއަދު ފައްޓަވައިދެއްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ.
ވިސާގެ ހިދުމަތް ތައާރަފުކޮށްދެއްވުމަށް ފަހު ވާހަކަ ފުޅު ދައްކަވަމުން ސާދިގު ވިދާޅުވީ މިއީ އެ ސިޓީގެ ކުރިއެރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން، މެރަތަން ފަދަ ހަރަކާތްތަކަށް ސީދާ އައްޑޫ ސިޓީ އަށްދާން ބޭނުންވާ މީހުންގެ އަދަދު މިއާއިއެކު އިތުރުވެގެންދާނެކަން މޭޔަރ ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) ވިދާޅުވީ މިއީ މާލެއިން ބޭރުގައި ބިޒްނަސް ވިސާ ދޫކުރަން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ޒަމާނީ ޓެކްނޮލަޖީގެ ބޭނުންކޮށްގެން އޮންލައިންކޮށް ވިސާ އަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ހަނަފީ ވަނީ ފާހަގަކުރައްވާފައެވެ. އިމިގްރޭޝަނުގެ ބައެއް ހިދުމަތްތައް ލާމަރުކަޒީކޮށް ދޭން ނިންމާފައިވާކަމަށްވެސް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް