ކޮންސިއުމަރ ޕްރޮޓެކްޝަން ބިލަށް ހިޔާލު ހޯދަނީ
މުދަލާއި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ މަގްސަދުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުންދާ ކޮންސިއުމަރ ޕްރޮޓެކްޝަން ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިބިލުގެ މަގްސަދަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުމެވެ.
އަދި މީގެ އިތުރުން މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި މުދާ ވިއްކުމުގައި ނުވަތަ ހިދުމަތެއްދިނުމުގައި ކުރުން މަނާކަންކަން ބަޔާންކޮށް މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިފައިވާ ބަދަލުތައްވެސް މި ބިލްގެ ދަށުން ކަނޑައެޅޭނެއެވެ.
އަދި އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހާއަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected] މެދުވެރިކޮށް އޮންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް