މެޗުން މޮޅުވުމަށްފަހު މޮރޯކޯގެ ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
މެޗުން މޮޅުވުމަށްފަހު މޮރޯކޯގެ ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 30 Jun 2026 | 05:07

މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ވަރލްޑްކަޕް ނޮކްއައުޓް ބުރުގައި މިއަދު ނެދަލޭންޑްސް އާއި މޮރޯކޯ ބައްދަލުކުރިމެޗް ޕެނަލްޓީ ޖަހައިެގން މޮރޯކޯ ކާމިޔާބުކޮށް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މިމެޗުގެވެސް ނަތީޖާ ނެރެފައިވަނީ މެޗްގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ކުޅުން ނިމުނުއިރު، 1-1 ގެ ނަތިޖާގައި ދެޓީމް އެއްވަރުވުމުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ނެދަލޭންޑުންނެވެ. ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ 72 ވަނަ މިނެޓުގައެވެ. މިއީ ސަމަވިލް ތަނަވަސްކޮށްދިން ފުރުސަތަކުން ކޯޑީ ގަކްޕޯ ކާމިޔާބުކުރި ލަނޑެކެވެ.

ނެދަލޭންޑުން ލަނޑެއް ޖަހާފައިވަނިކޮށް މޮރޯކޯއިން އެއްވަރުކުރީ 90 ވަނަ މިނެޓުގައި އީސާ ދިއޮޕް ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.

އިތުރު ވަގުތުގެ 30 މިނެޓުގެ ތެރޭގައި މޮރޮކޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭނުންނުކުރެވި ގޮސްފައެވެ. އެގޮތުން ސުފިޔާން ރަހީމީ ނެދަލެންޑްސްގެ ކީޕަރު ބާޓް ވަރްބްރޫގެންއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދިޔަ އެންމެ މޮޅު ސޭވްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕެނަލްޓީ ޖަހައިގެން މޮރޯކޯ މެޗް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...