ޒައިނަބް ރޭޕްކޮށް މަރާލި މީހާ ދަންޖައްސަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕާކިސްތާނުގައި ރޭޕްކޮށްލުމަށް ފަހު މަރާލެވުނު 7 އަހަރުގެ ޒައިނަބުގެ މައްސަލައިގަ ކުއްވެރިވާ 24 އަހަރުގެ އިމްރާން އަލީއަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުން މި މަހުގެ 17 ވަނަ ދުވަހަށް ހަމަޖެހިއްޖެއެވެ.
އިމްރާން މަރާލުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ފެންނަ ގޮތަށް ދަން ޖައްސައިގެންނެވެ.
މި އަހަރުގެ ޖަނަވަރީ މަހު ޒައިނަބް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އިއްފަތްތެރިކަން ނަގާލައި މަރާލުމަށް ފަހު ކުނިގޮނޑަކަށް އެއްލާލައިފަ އޮއްވައެވެ.
ޒައިނަބު ގެއްލިފައިވަނީ އޭނާ ނިސްބަތްވާ ޕާކިސްތާނުގެ ކަސޫރުގައި ގުރުއާން ކުލާހަށް ދިޔަ މަގުމަތީގައެވެ.
ޕާކިސްތާނުގައި މި މައްސަލަ ހިނގި ހުރިހާ ކޯޓު ތަކަކުން ވެސް ވަނީ އިމްރާން އަލީއަށް އިއްވި މަރުގެ ހުކުމް ދަމަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް