މޯލްޑިވިއަންގެ ހުރިހާ ފްލައިޓްތަކުގައި ތާނައިން "ދިވެހިރާއްޖެ" ޖަހައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން ގެ ހުރިހާ ފްލައިޓެއްގައި ތާނައިން "ދިވެހިރާއްޖެ" ޖަހައިފި އެވެ.
އެ ކުންފުނިން ބުނީ މޯލްޑިވިއަން ގެ ހުރިހާ ފްލައިޓެއްގައި ތާނައިން "ދިވެހިރާއްޖެ" ޖަހާފައި ވަނީ ގައުމިއްޔަތަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އެ އެއާލައިންގެ ހުރިހާ ބޯޓްތަކުގައި "ދިވެހިރާއްޖެ" ނަން ތާނައިން ޖަހާފައިވެ އެވެ.
އެގޮތުން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި ބޭނުންކުރާ ހުރިހާ ފްލައިޓަކާއި ސީޕްލޭންތަކުގައި ވެސް "ދިވެހިރާއްޖެ" ތާނައިން ޖަހާނެ އެވެ.

މޯލްޑިވިއަންގެ މި ނިންމުމާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވީ މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަން އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށާއި ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް