މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ވައިބަރ ގުރޫޕެއްގެ ޒަރިއްޔާއިން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އަވަސްގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ވައިބަރ ގުރޫޕެއް ހަދައިފިއެވެ.
މިކަމާ ގުޅިގެން އެއިދާރާއިން އިއްޔެ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޓްވީޓުގައި ބުނެފައިވަނީ މިވައިބަރ ގުރޫޕަކީ ގިނަބަޔަކަށް މޫސުމާއި، ބިންހެލުން އަދި ސުނާމީ ކާރިސާފަދަ ކަންކަމުގެ ހަބަރު ފޯރައިދިނުމަށް ހަދާފައިވާ ގްރޫޕެއްކަމަށެވެ.
އަދި ވައިބަރ ގުުރޫޕްއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް އެޓްވީޓްގައި ވެއެެވެ.

އެއިދާރާއިން މީގެކުރިންވެސްް އެ މައުލޫމާތުދަނީ ވެބްސައިޓާއި، ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޝާއިރުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް