ހައްޖު ކޯޕަރޭޝަން އޮފީސް
ހައްޖު ކޯޕަރޭޝަން އޮފީސް
ހަބަރު 22 Aug 2024 | 18:30

ހައްޖު ކޯޕަރޭޝަނުން އަންސާރު ސަސްޕެންޑް ކުރީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަވެގެން

ހައްޖު ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ އަދާލަތަށް ނިސްބަތްވާ ޙުސައިން އަންޞާރު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާކަމަށް ފާހަގަކުރެވިގެންކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އަދާލަތު ޕާޓީން ވަނީ ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހާއި އަދި މަޝްވަރާމަޖިލީހުގެ މެންބަރު އައްޝައިޚް ޙުސައިން އަންޞާރު ވަޒީފާއިން ސަސްޕެންޑް ކުރުމުން އެކަމާ ނުރުހޭކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. މިކަމާ ގުޅިގެން ވޮއިސް އާ ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންސާރުގެ ކިބައިން މަސައްކަތުގެ އަހުލާގާ ގުޅުންހުރި މައްސަލަތަކެއް ހުށަހެޅިފައިވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އަންސަރުގެ ފަރާތުން އޮފީހަށް ހާޒިރުވުމުގައިވެސް ފަރުވާކުޑަކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ އިތުރުން މަސައްކަތަށް ފަރުވާކުޑަވުމާއި، ގިނަވަގުތު އޮފީހުން ބޭރުގައި އުޅޭކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންސާރުގެ މައްސަލާގައި އަދާލަތުން ނެރެފައިވާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ސިޔާސީ ވާހަކަތަކެކެވެ. ހައްޖު ކޯޕަރޭޝަނުގައި ތަފާތު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މުއައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، އަދާލަތުން ފާހަގަކުރާ ފަދަ މައްސަލައެއް މިހާތަނަށް ޖެހިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.