ލަންކާގެ ރައީސް ސިރިސޭނާ އިންތިހާބީ ރައީސް އިބޫ އާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިންގަޕޫރަށް ކުރެއްވި އަމިއްލަދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަމުން ބަންޑާރަނައިކަ އިންޓަނޭޝަން އެއާޕޯޓުގެ ވީއައިޕީގައި ޓްރާންސިޓު ކުރެއްވި ވަގުތުކޮޅު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިރިސޭނާ ވަނީ އިބޫގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ.
އަދި އިބޫ ވަނީ ކޯލިޝަން ސަރުކާރެއްގައި ސްރީ ލަންކާ އަށް ފުރިހަމަ އެއްބާރުލިބޭނެ ކަމުގައި ޔަޤީންކަންވެސް ދެއްވާފައެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އަމިއްލައަށް އަރުވާލެވިގެން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދާ ގައުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުން ހިމެނެއެވެ.
މީގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަނީ ލަންކާއިން ހިމާޔަތް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް