މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް ނަރީޝް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް, މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖައްސަވައިފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށް ކޮށްދެއްވާފަ އެވެ. އޭނާ އައްޔަނު ކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ގެ އެޑްވައިޒަރެއްގެ މަގާމަށެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުގެ މަގާމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
މަގާމުން އިސްތިއުފާ ދެއްވީ، ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން ކަމަށް އެ ދުވަހު ވެސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް