ކްރޮއޭޝިއާ އަދި އިނގިރޭސިންގެ ކުރިމަތިލުން އެއްވަރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަދި އިންގްލެންޑް ބައްދަލު ކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިއްޖެއެވެ.
މެޗުގައި މޮޅައް ކުޅެ ނުއްރަކާތެރި ހަމަލާތަކެއް އުފައްދާފައިވަނީ އިންގްލެންޑުންނެވެ. އެގުތޮން އިންގްލެންޑުން ފޮނުވާލި ދެ ހަމަލާއެއް އަމާޒުވެފައިވަނީ ގޯލު ދަނޑިއަށެވެ. އަދި މާކަސް ރަޝްފޯޑަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެއެވެ.
ނޭޝަންސް ލީގުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު އޮސްޓްރިއާ ވަނީ އަޔަލެންޑް އަތުން 1-0 ކުން މޮޅުވެފައެވެ. ފިންލެންޑް އަދި އެސްޓޯނިއާ ބައްދަލުކުރި މެޗުވެސް 1-0 ގެ ނަތީޖާއަކުން ނިމުނު އިރު މެޗުން މޮޅުވެފައިވަނީ ފިންލެންޑެވެ.
ބެލަރޫސް އަދި މޮލްޑޯވާވެސް އެޓީމުތައް ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް