ހިޔާ ފުލެޓުތަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގެ ބައެއް ޓަވަރުތަކަށް ފެނުގެ ޚިދުމަތް ރޭގެ ވަގުތެއްގައި ކެނޑިފައިވާއިރު، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން މިއަދު ބުނެފިއެވެ.
ހިޔާ ފުލެޓުތަކަށް ފެން ފޯރުކޮށްދޭ ބޫސްޓަރ ޕަންޕު ސިސްޓަމަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހިޔާ ޓަވަރު 1 އިން 8 އަށް ރޭގެ ވަގުތެއއގައި ވަނީ ފެނުގެ ޚިދުމަތް މެދުކެނޑިފައެވެ.
އެ މައްސަލަ ހައްލުކޮށް، އެމްޑަބްލިއުއެސްސީން ރޭ 3:15 ހާއިރު އެކްސްގައި ކުރި ޕޯސްޓްއެއްގައިވަނީ ހިޔާ ފުލެޓުތަކަށް ދިމާވި ފެނުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ހައްލު ކުރުމަށް އެޗްޑީސީ އާއި ސްޓެލްކޯއިން ވެދިން އެހީއަށް އެމްޑަބްލިޔުއެސްސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް