ހެރީ ކޭންގެ 2 ލަނޑާއެކު ޓޮޓެންހަމްއަށް މޮޅެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހަޑަސްފީލްޑައި ދެކޮޅަށް ހެރީ ކޭން ޖަހައިދިން ދެ ލަނޑުން ޓޮޓެންހަމް ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ޓޮޓެންހަމްގެ ފަރާތުން ފެނުނު ދެ ލަނޑުވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 25 ވަނަ މިނެޓުގައި ޑިފެންޑަރ ކިއެރަން ޓްރިޕިއަރ ނަގައިދިން ހުރަހަކުން ހެރީ ކޭން ބޮލުން ވައްދާލި ލަނޑެކެވެ. ދެވަނަ ލަނޑަކީ ޓޮޓެންހަމްގެ ޕުލްބެކް ޑެނީ ރޯސްއަށް ހަޑަސްފީލްޑްގެ ޕެނަލްޓީ އޭރިއާތެރެއިން 33 ވަނަ މިނެޓުގައި ކުރި ފައުލާކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ޖަހައިދިން ލަނޑެކެވެ.
މި މޮޅާއެކު ޓޮޓެންހަމްވަނީ ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ދެ މޮޅުވެފައެވެ. އާސެނަލްއާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ޓޮޓެންހަމްއަށް ލީގުގެ 4 ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ޓޮޓެންހަމް ދެން ކުޅެން ހަމަޖެހިފަ އޮތް މެޗަކީ މިއަންނަ ބުދަ ދުވަހު ޗެންޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް