ޒާހިދު ނިއުޕޯޓް ހިންގުމާ ދުރަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިއުޕޯޓްގެ ޑިރެކްޓަރ ކަމުން ޒާހިދު ރަމީޒު އިސްތިއުފާ ދީފިއެވެ.
ޕީޕީއެމް ގެ ޒުވާނުންގެ ހަރަކާތްތަކާއި ސޯޝަލް މީޑިއާގައި ވެސް ފާހަގަ ކޮށްލެވޭ ޒާހިދު މަޤާމުން އިސްތިއުފާ ދެމުން ޓުވީޓް ކޮށްފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި ނިއު ޕޯޓް ބްރޭންޑް އިތުރަށް ފުޅާވެ، ކާމިޔާބީ ހާސިލް ކުރެވޭނީ އޭނާ އެއް ފަރާތައް ޖެހިގެން ކަމަށް އޭނާ ޤަބޫލު ކުރެވޭކަމަށެވެ.

"ހަޔާތުގައި އޮތް ހަމައެކަނި ޔަގީން ކަމަކީ ހުރިހާ ކަމެއްގައިވެސް އޭގެ ޒާތުގައި ބަދަލުވަމުންދާނެ ކަންތައްތަކެވެ. އަދި އެ ބަދަލާއި އެކު އަޅުގަނޑުމެންވެސް ބަދަލުވާނެ." ޒާހިދު އިތުރަށް ބުނެފައިވެއެވެ.
އަދި ބްރޭންޑާއި އަލަށް ހަވާލު ވާފަރާތަކީ ބްރޭންޑްގެ ކާމިޔާބީ ހޯދައިދޭނެ ކުޅަދާނަ ހީވާގި އަދި އިޖާދީ މީހެއް ކަމަށް ވާނެކަމަށް އުންމީދު ކުރާ ކަމަށެވެ.
ނިއުޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ބޮޑެތި ހަފްލާތަކަށް ކޭޓާރ ކޮށްފައިވާ ފަރާތެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ނިއުޕޯޓް އެންމެ ފާހަގަކޮށްލެވިގެން ދިޔައީ މިނިވަން 50 ގެ ރަސްމީ ޖާފަތް ބިޑަކާއި ނުލައި ދިނުމަށް ފަހު، ޖާފަތާމެދު އެތައްބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް