ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބާއްވާނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
27 އޮކްޓޯބަރ ގައި ރައްޔިތުން މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މެންބަރުން އެދިލައްވާތީ އެދުވަހު ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިސްގެ ނައިބުރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އަދި އާދީއްތަ ދުވަހުގެ އެޖެންޑަ ވަރަށް އަވަސް މުއްދަތެއްގައި އަޕްލޯޑް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މަޖިލީސް ހުޅުވިގެންދާއިރު ވަރަށް ބައިވަރު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ކަންތައްތަކެއް މަޖިލީހަށް ހުށައަޅުއްވާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
އެގޮތުން ފާހަގަ ކުރެއްވި ކަންކަމަކީ ގަލޮޅު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ރައީސް ނަޝީދު މިނިވަންކުރުމުގެ ގަރާރާއި ވިލުފުށީ ދާއިރާ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އެންޓިޑިފެކަޝް ބިލާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރި އުވާލުމަށް ހުށައެޅުއްވި ބިލެވެ.
މީގެ އިތުރުންވެސް އިންތިހާބީ ރައީސް ނޮވެންބަރ 11 ގައި ހުވާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު މެމްބަރުންނާ މަޝްވަރާ ކުރައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
އިންތިހާބްގެ ނަތީޖާ ނިމި 24 ވަނަ ދުވަަހުންފެށިގެން އިންތިހާބީ ރައީސް އިބޫގެ ހުވާ ކުރަން މަޖިލީހުގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވެމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް