މަސް ގެންގުޅެން ލޯބިކުރާ ފަރާތްތަކަށް ހާއްސަ ކެފޭއެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީގައި މަސް ގެންގުޅެން ލޯބި ކުރާ ފަރާތްތަކަށް ހާއްސަ ކެފޭއެއް ހުޅުވައިފިއެވެ. މި ކެފޭގައި މަސް ގެންގުޅުމަށްޓަކައި މުޅި ބިންމަތި އޮންނަނީ ކަށިމައްޗާ ހަމައަށް ފެނުން ފުރާލެވިފައެވެ.
ފެންގަނޑު ތެރޭ އެކިޒާތުގެ މަސްތައް އުޅެމުންދާ މަންޒަރު ބަލާލަމުން ކޮފީ ބޯލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާއިރު މި ކެފޭއިން ހިދުމަތް ހޯދާ ފަރާތްތަކުން ބުނަނީ މި މާހައުލަކީ ކޯފީއެއް ބޯލަން ވަރަށް ހިތްގައިމު މާހައުލެއް ކަމަށެވެ.
ފެންގަނޑު ރީތިކޮށް ބޭއްވުމަށް އަދި މަސްތަކުގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ފިލްޓްރޭޝަން ސިސްޓަމެއް ވަނީ ގާއިމު ކުރެވިފައެވެ. މީގެ އިތުރުން ކެފޭއަށް ވަނުމުގެ ކުރިން ކަސްޓަމަރުންގެ ފައި ދޮވެ ރީތިކުރަންވެސް ޖެހެއެވެ.
ބޮޑޮ ތަރުހީބެއް ލިބެމުން އަންނަ މި ތަފާތު ކެފޭއިން ހިދުމަތް ހޯދުމަށް ގިނައިން އަންނަނީ ކުޑަކުދިންނާއެކު އެކުދިންގެ މައިންބަފައިންކަމަށް ކެފޭގެ ވެރިފަރާތުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް