އޮޅުވާލާ މަކަރުން އެތައް ބަޔަކަށް ބޮޑެތި ގެއްލުމާއި އަނިޔާ ދިން މީހާ: އޭނާ ހައްޔަރު ކުރިޔަސް ދުވަސްކޮޅެއްތެރޭ މިނިވަންވޭ
އޮޅުވާލާ މަކަރުން އެތައް ބަޔަކަށް ބޮޑެތި ގެއްލުމާއި އަނިޔާ ދިން މީހާ: އޭނާ ހައްޔަރު ކުރިޔަސް ދުވަސްކޮޅެއްތެރޭ މިނިވަންވޭ
ރިޕޯޓް 25 May 2025 | 13:45

ވަރަށް ނުރައްކާތެރި މީހެއް؛ އެތައް ބަޔަކަށް ގެއްލުން, އެކަމަކު އިންސާފު ނުލިބޭތާ ބަންދުކޮށްފައި ވެސް ނުބެހެއްޓޭ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ގ. ސިނަމާލެ ޒައިދާން މުހައްމަދު ހާޝިމް, އިއްޔެ ހައްޔަރު ކުރީ މަޝްހޫރު ފުޑް އެޕް, ފުޑީސް ޑެލިވަރީ އިން ކާތަކެތި ގެނެސް ފޭކު ސްލިޕްތަކެއް ފޮނުވި މައްސަލާގަ އެވެ. އޭނާ އެކަން ކުރަމުންދާތާ މަހެއްހާ ދުވަސްވީ އެވެ.

މި މުއްދަތުގެ ތެރޭގައި ފައިސާގެ ގޮތުން ބަލާނަމަ 10,000 އާ ކައިރި ކުރާ މިންވަރަށް ކާތަކެތި އޯޑަރު ކޮށްގެން ގެނެސްފައިވެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ފޮނުވަނީ ފޭކު ސްލިޕެކެވެ. އެކަން ފުޑީސްއަށް ރޭކާލީއިރު އެތަނަށް ބޮޑު ގެއްލުމެއް އޮތީ ދީފަ އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ. އެ މައުލޫމާތު ހާމަކޮށް ފުލުހުން މިއަދު ބުނި ގޮތުގައި މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވެ އެވެ.

ފުލުހުން މިހާ އާދައިގެ ގޮތަކަށް މި މީހާގެ ވާހަކަ ހާމަކުރި ނަމަވެސް މިއީ މިދިޔަ ދެތީން އަހަރު އެތައް ބަޔަކަށް އޮޅުވާލައިގެން މަކާރާ ހީލަތުން ފައިސާ ހޯދާ އެތައް ބަޔަކަށް ބޮޑެތި ގެއްލުމާއި އަނިޔާ ދީފައިވާ މީހެކެވެ. ފުލުހަށް ވެސް އެކަން އެނގޭނެ އެވެ. މީނާއާ ބެހޭ އެފަދަ އެތައް މައްސަލަތަކެއް ފުލުހުގައި ވެއްޖެ އެވެ.

ނުވާ ކަމަކީ އެއިން އެއްވެސް މައްސަލަ އަކަށް އިންސާފު ލިބުމެވެ. އެންމެ ކުޑަމިނުން މިފަދަ ނުބައި ނުރައްކާތެރި ކުށްވެރިއެއްގެ ކިބައިން މުޖްތަމައު ސަލާމަތް ވެސް ނުކުރެވުނެވެ. މީނާ ބަންދުކޮށް ޖަލުގައި ނުގެންގުޅެވެ އެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެ ގޮތަކުން ބަންދުން ސަލާމަތްވެ އެވެ. އެހެން ބަޔަކަށް ލަނޑުދެ އެވެ.

ސްކޭމް ހިންގުމުގައި އެހެން ލެވެލްއެއް, ވަރަށް ނުރައްކާތެރި މީހެއް

އުމުރުން 25 އަހަރު ފުރުނީއްސުރެ ޒައިދާން ގެންދަނީ ސްކޭމްގެ އެކި ކަހަލަ އަމަލުތައް ހިންގަމުންނެވެ. އުމުރުން އެހާ ހަގުއިރު އޭނާ އެކަން ފެށި ނަމަވެސް މިދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ ހިންގާފައިވާ އަމަލުތަކަށް ބަލާލުމުން މިއީ ސްކޭމް ހިންގުމުގައި އެހެން ލެވެލް އެއްގައި ހުރި މީހެއްކަން އެނގެ އެވެ. ވަރަށް ނުރައްކާތެރި މީހެކެވެ.

އެފަދަ އެއް ވާހަކައެއް ހިއްސާކޮށްލާނަމެވެ.

ހުޅުމާލެއިން ތަނެއް ކުއްޔަށް ނެގި އެވެ. އެޕާޓްމަންޓްގެ ވެރީންނާއި ވާހަކަ ދެއްކީ ވަރަށް ޕްރޮފެޝަނަލް މީހެއްގެ ގޮތުގަ އެވެ. އޭނާގެ ވާހަކަ އަޑުއަހައިިފި މީހަކަށް ފެންނާނީ ހަރުދަނާ, އަހްލާގު ރަނގަޅު ޒުވާނެއްގެ ގޮތުގަ އެވެ.

އެއްބަސްވުމުަގައި ސޮއިކުރުމަށް ގޮސް އެދުނީ އެޑްވާންސް ފައިސާ ދައްކަން ދެތީން ދުވަސް ދިނުމަށެވެ. އެކަމަކު އެޕާޓްމަންޓަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ ތަޅުދަނޑި ދޭން އެދުނެވެ. ގޭގެ ވެރީން އޭނާއަށް އިތުބާރުކޮށް ތަޅުދަނޑި ދިނެވެ. ފައިސާ ދެއްކުން ފަސްކޮށް ދިނެވެ.

އެކަމަކު އޭގެ ފަހުން ހަބަރެއް ނުވެ އެވެ. އެޕާޓްމަންޓް ހުންނަނީ ތަޅުލާފާ އެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް ނުވީމަ ދޮރު ހަލާކު ކޮށްލައިގެން ވަނީ އެވެ. ވަތްއިރު ފެނުނީ އެ މީހުން ހައިރާންވެ އަންތަރީސް ކޮށްލި މަންޒަރެކެވެ. ފުލްފާނިޝްކޮށް އޭނާއާ ހަވާލުކުރި އެޕާޓްމަންޓްގައި އެއްވެސް އެއްޗެއް ނެތެވެ.

ހުރިހާ ކޮޓަރިއެއްގައި ހުރި އެނދާއި ގޮދަނޑި އާއި ގޭގައި ހުރި ހުރިހާ އޭސީއަކާއި ބަދިގޭގެ ހުރިހާ ސާމާނެއް ވަނީ ވަގަށް ގެންގޮސްފަ އެވެ. ސިޓިން ރޫމުގައި ހުރި ސޯފާތަކާއި ޓީވީއާ އެ ނޫން ސާމާނުތައް ވެސް ވަނީ ގެންގޮސްފަ އެވެ. އޭނާގެ ނުބައިކަން ހުރި ވަރަކީ ހުރިހާ ފާހާނަތައްޓެއް ވެސް ވަގަށް ގެންދިއުމެވެ.

އެ ހުރިހާ އެއްޗެއް ގެންގޮސް ވިއްކާލީ އެވެ. ވިއްކާލި މީހުން ވެސް ހޯދުނެވެ. އޭނާ ގިނަ އެއްޗެހި ވިއްކާލީ ހިޔާ ޓަވަރަށް ބަދަލުވީ މީހުންނަށެވެ. އެ މީހުންގެ ގާތު ބުނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރާތީ އަވަހަށް އެއްޗެހިތައް ވިއްކާލަން ޖެހުނީ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރި އެވެ. އޭނާ ބަންދު ނުކޮށް އުޅެނިކޮށް ބަޔަކު މަގުމަތީން އޭނާ ހިފަހައްޓާ ފުލުހާ ހަވާލު ކުރީ އެވެ. އެއީ އެ މީހުންގެ އަތުން އެތައް ފައިސާއެއް ހޯދާ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނި އެއްޗެހިތަކެއް ޑެލިވަރީކޮށް ނުދީގެންނެވެ. އޭނާއަށް ފާރަލައިގެން އަތުލައިގަތީ އެހެން ބަޔަކު އެ މަޅީގައި ޖައްސަން އުޅެނިކޮށެވެ. އޭރު ވެސް އޭނާ ދިޔައީ އޮޅުވާލައިގެން ބަޔަކު އަތުން ފައިސާ ހޯދައިގެން އެއްޗެހި ފޮނުވާނެ ކަމަށް ބުނަމުންނެވެ.

މި ނޫން ވެސް އެތައް ކަމެއް އޭނާ ކޮށްފައިވެ އެވެ. އެގޮތުން ކުންފުންޏެއްގެ ނަން ބޭނުން ކޮށްގެން ފަހުން ފައިސާ ދޭނެ ކަަމަށް ބުނެ އެކި ފިހާރަތަކުން މުދާ ނެގުން ހިމެނެ އެވެ. މުދާ ދޫކުރި ފިހާރަތަކުން ފަހުން ބެލިއިރު އެެއީ ނުވެސް ހައްދަވާ ކުންފުންޏެކެވެ. އެ ސްކީމްގައި ވެސް އެތައް ފިހާރައެއް ޖެއްސި އެވެ.

އެ ހުރިހާ މައްސަލައެއް ފުލުހަށް ހުށައެޅުމުން މި މީހާ ހޯދަން ފުލުހުން އިއުލާނު ކުރި އެވެ. އަދި އޭނާގެ ފަރާތުން ގެއްލުން ލިބުނު ބަޔަކު ތިބި ނަމަ ރިޕޯޓް ކުރުމަށް އެދުނެވެ. އެކަމަކު އެ ހުރިހާ ކަމެއް އެގޮތަށް އޮއްވާ އޭނާ ފުލުހުންގެ ބަންދުން މިނިވަންވީ އެވެ. އަލުން ގެއަށް އައިސް ސްކީމް ހިންގަން ފެށީ އެވެ.

މި މީހާ ނުހުއްޓުވެނީ ކީއްވެ.. ބަންދު ކޮށްފައި ނުބެހެއްޓެނީ ކީއްވެ..

މި މިހާގެ ފަރާތުން ގެއްލުން ލިބިފައިވާ އެންމެން ކުރާ ސުވާލަކީ މިއީ އެވެ. މިވަރުގެ ނުރައްކާތެރި އަދި އެތައް ބަޔަކަށް ގެއްލުން ދީފައިވާ މީހަކު ފުލުހުންނަށް ނުހުއްޓުވެނީ ކީއްވެގެން ހެއްޔެވެ. އޭނާ ބަންދުކޮށްފައި ނުބެހެއްޓެނީ ކީއްވެގެން ހެއްޔެވެ.

އޭނާގެ ފަރާތުން އެކި މީހުންނަށް ލިބުނު ގެއްލުންތައް ފުލުހަށް އެ ހުރީ ރިޕޯޓް ކޮށްފަ އެވެ. އެކަމަކު ފުލުހުންގެ ބަންދުން ދޫވެ އޭނާ އަލުން މުޖްތަމައުއަށް އެނބުރި އާދެ އެވެ. އަނެއްކާ ސްކޭމް ހިންގާ މީހުންނަށް ގެއްލުން ދޭން ފަށަ އެވެ.

މި މީހާއާ ޖެހުމުން ފުލުހުންނަށް އިންޓެލިޖެންސް ރިޕޯޓެއް ނުހެދެ އެވެ. ކޯޓަށް ހާޒިރުކޮށް ގާޒީގެ އަރިހުގައި މި މީހާގެ ނުރައްކާތެރި ކަމުގެ ވާހަކަ ކިޔައެއް ނުދެވެ އެވެ. ރަނގަޅަށް ކިޔައިދޭނަމަ ޔަގީނުން ވެސް މީނަ މިިނިވަނެއް ނުވާނެ އެވެ.

އެ ވާހަކަތައް ފުލުހަށް ނުކިޔައިދެވޭކަން މިއަދުގެ ސްޓޭޓްމަންޓުން ވެސް ޔަގީން ކުރެވެ އެވެ. ސްޓޭޓްމަންޓްގައި އޮތީ މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަަށެވެ. ހަމަ އެކަނި އެވަރުން ފުއްދާލަން ޖެހޭ ވަރަށް ވުރެ މިއީ ނުރައްކާތެރި މީހެކެވެ. ފުލުހުންގެ އިދާރާގައި އެ ހުރީ މީނަގެ ފަރާތުން ގެއްލުމާއި އަނިޔާ ލިބުނު މީހުންގެ ބަޔާންތަކެވެ.

އެހެންވީމަ މީނާގެ މައުލޫމާތު ހާމަކުރާއިރު މިއީ ކިހާ ވަރެއްގެ ނުރައްކާތެރި ޖަރީމާތަކެއް ހިންގާ މީހެއްކަން އާންމުންނަށް ފުލުހުން ކިޔައިދޭން ޖެހެ އެވެ. މި މީހާގެ ހީލަތާއި މަކަރުން އާންމުން ސަލާމަތް ކުރަން ޖެހެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
12 Oct 2026 ހަބަރު

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރ...

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
11 Oct 2026 ހަބަރު

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި

ޓްރެފިކް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކުގެ ކުރެހުން ޑިޖިޓަލްކޮށް ތައްޔާރުކުރެވޭ "ސްމާޓްޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވ...

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ
11 Oct 2026 ހަބަރު

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ. ތްރެފިކް ގަވާއިދާ...

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
09 Oct 2026 ހަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށައަޅާފައިވާ ކަ...