ޖޭޕީގެ ނައިބު ރައީސްކަމުން މައުސޫމް އިސްތިއުފާދެއްވައިފި
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުން އެޕާޓީގެ މެންބަރ އަދި ދިވެހިރާއްޖެއިން ސިންގަޕޫރަށް އައްޔަންކޮށްފައިވާ ސަފީރު، ޑރ. އަބްދުﷲ މައުސޫމް އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން އެބޭފުޅާ ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭން ބޭރުގައި ހުރެގެން ޕާޓީގެ ނައިބު ރައީސް ކަމުގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރަން ދަތިވާނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.
އަދި ކޯލިޝަން ސަރުކާރެއްގެ ސަފީރު މަގާމާ ހަވާލުވެ ހުންނަ މީހަކީ ކޯލިޝަނުގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއް ނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ.
ޑރ.މައުސޫމް އަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް