އައިއޭސީ މެދުވެރިކޮށް ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ފުރުސަތު
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކުގައި ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރކޮށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލިއިރު، އެ ޖަމާއަތުން ވަނީ ހާދިސާ ހިނގުމާއެކު އެހީވުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން އައިއޭސީގެ ޓީމްތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެ މަސައްކަތް ފެށިކަން އެ ޖަމާއަތުން ވަނީ ފާހަގަކޮށްފައެވެ.
އަދި މިވަގުތުވެސް އައިއޭސީގެ ޓީމުތައް އެހީ ފޯރުކޮށްދިނުމުގައި އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް އެ ޖަމާއަތުން ވަނީ ފާަހަަކޮށްފައެވެ.
ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް
ބީއެމްއެލް އިސްލާމިކް: 7770000062744
އެމްއައިބީ: 90101555002111003
އެކައުންޓް ނަން: International Aid Campaign
ބަންގްލަދޭޝްއަށް މި ފަހުން ކުރި މޫސުމީ ވިއްސާރާގައި އެއް މިލިއނަަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު 60 ހަށް ވުރެ ގިނަ މީހުންގެ ފުރާނަވަނީ ގެއްލިފައެވެ. ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ އަދަދެއްގެ މީހުން ވަނީ ވީއެއްނުވިއެއް ނޭނގި ގެއްލިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް