ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާނަން: އީސީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިލެކްޝަން ކޮމިޝަނުން މިއަދު ނިންމި 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އާއި ގުޅިގެން މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ބާތިލްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަންސް ބޭއްވުމަށް ނިންމި ނިންމުން ބާތިލްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އެ ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
އަދި، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް