42 އަންހެނަކު މަރާލި ކެންޔާމީހާ ފުލުހުންގެ ބަންދުން ފިލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
އެކި ފަހަރުތަކުގެ މަތިން 42 މީހުން މަރާލައިފައިވާ ކޮލިންސް ޖުމާއިސީ އޭނާއާ އެކީ ޖަލުގެ އެއްގޮޅިއެއްގައި ތިބި އެހެން 12 މީހުންނާއެކީ ފުލުހުންގެ ބަންދުން ފިލައިފިއެވެ.
ކެންޔާގެ ވެރިރަށުގައި ހުންނަ އެޖަލުން އަންގާރަ ދުވަހު ފިލި މީހުނަށް ޖަލުބަލަހައްޓާ 8 އޮފިސަރަކު އެހީވެދިންކަމަށް ބުނެ އެމީހުންނަށް ފިޔަވަޅުއަޅަންވަނީ ނިންމާފައެވެ.
ކެންޔާގެ ޑިރެކްޓަރު އޮފް ކްރިމިނަލް އިންވެސްޓިގޭޝަން އިން ބުނެފައިވާ ގޮތުގައި، ކޮލިންސް ހައްޔަރުކޮށް އޭނާއާ ސުވާލު ކުރުމުން، 2022 ވަނަ އަހަރުން ފެށިގެން 42 އަންހެނަކު މަރާލާފައިވާނެ ކަމަށް އެއްބަސްވެފައިވެއެވެ. ކޮލިންސް ވަނީ މަރާލި ބައެއް މީހުންގެ ހަށިގަނޑު ނައްތާލާފައިވާ ތަންތަން ފުލުހުންނަށް ކިޔައިދީފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ކޮލިންސް މިހާތަނަށް މަރާލި އަންހެނުންގެ ތެރެއިން ހަށިގަނޑު ފެނިފައިވަނީ ނުވަ މީހެއްގެއެވެ.
އަދި އޭނާ މަރާފައިވާ މީހުންނަކީ 18 އަހަރާއި 30 އަހަރާދެމެފުގެ އަންހެންމީހުންކަމަށްވެސް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް