ހުޅުމާލޭގައި ވަޅިން ހަމަލާދީ ދިވެއްސަކު މަރާލައިފި
ހުޅުމާލޭގައި ވަޅިން ހަމަލާދީ ދިވެހި ފިރިހެނަކު މަރާލައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ 9:22 ގައި ބޮޑެތި ޒަހަމްތަކަކާއެކު ހޮސްޕިޓަލަށް ގެންދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދަނިކޮށް، އެމިހާ މަރުވެފައިވަނީ މިރޭ 9:51 ގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އޭނާގެ ކަރާއި އަތުގައި ވަރަށް ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ މަރުވެފައިވަނީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހެއް ކަމަށެވެ.
ނަމަވެސް އެމީހާގެ ނަމެއް ހާމައެއް ނުކުރައްވައެވެ. އެނގިފައިވާ ގޮތުގައި މަރާލާފައިވަނީ ޓެކްސީ ޑްރައިވަރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް