ލުބުނާނާއި ސީރިއާ އާއި ދެމެދު އޮންނަ މަގު؛ މިމަގު ޔަހޫދީން ހަމަލާދީ ވަނީ ހަލާކުކޮށްލާފައި-- ފޮޓޯ: ރޮއިޓާސް
ލުބުނާނާއި ސީރިއާ އާއި ދެމެދު އޮންނަ މަގު؛ މިމަގު ޔަހޫދީން ހަމަލާދީ ވަނީ ހަލާކުކޮށްލާފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 05 Oct 2024 | 11:21

އިސްރާއީލުން ހަމަލާދީ، ލުބުނާނުން ސީރިއާއަށް ދަތުރުކުރާ މަގެއް ބަންދުކޮށްލައިފި

އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އުދުވާނާއި ގުޅިގެން، ސީރިއާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ އުދުވާނުން ސަލާމަތްވުމަށް އެގައުމުގެ އާއްމުން ބޭނުންކުރާ މަގެއް ޔަހޫދީ ފައުޖުން ހަމަލާދީ ބަންދުކޮށްލާފައިވާކަމަށް ލުބުނާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ލުބުނާނުގެ ޓްރާންސްޕޯޓް މިނިސްޓަރ އަލީ ހަމީހް ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު ހެނދުނު ޔަހޫދީ ފައުޖުން ލުބުނާނުގެ މަސްނާ ބޯޑަރ ކްރޮސިންގ ކައިރިއަށް ދިން ބޮމުގެ ހަމަލާއަކާއި ގުޅިގެން ވަނީ ސީރިއާ އާއި ލުބުނާނާއި ދެމެދު ދަތުރުކުރާ މަގެއް ބަންދުވެފައެވެ.

މި މަގަކީ ދެގައުމުގެ ރައްޔިތުން، އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްތެރިކަން ހޯދުމަށް ބޭނުންކުރާ މަގެކެވެ.

ޔަހޫދީން ބޯޑަރ ކްރޮސިންގ ކައިރީގައިވާ ސަރަހައްދަކަށް ދިން މި ހަމަލާގައި، 4 މީޓަރު (12 ފޫޓު) ފުޅާ ވަޅުގަނޑެއް ހެދިފައިވާކަމަށާއި، އޭގެ ސަބަބުން އެގަމއުން ދަތުރުކުން ބަންދުވެފައިވާކަމަށް ހަމީހް ވިދާޅުވިއެވެ.

އަނިޔާވެރި ޔަހޫދީ ފައުޖުން ތުހުމަތު ކުރި ގޮތުގައި މިއީ، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ލުބުނާނަށް ހަތިޔާރު އެތެރެކުރުމަށް ބޭނުންކުރަމުން އައި މަގެކެވެ.

ޔަހޫދީ ފައުޖުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް އިހުނަށްވުރެ ވަރުގަދަކޮށްފައިވާއިރު، އެގަައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އުދުވާނާއި ގުޅިގެން ފާއިތުވި 10 ދުވަހުގެ ތެރޭގައި 300،000 އަށްވުރެ ގިނަ މީހުން ލުބުނާނުން ސީރިއާއަށް ހިޖުރަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް