N/A
N/A
ހަބަރު 18 Aug 2019 | 18:28

މިހާރު ސޯޝަލް ހައުސިންގަށް ކުރިމަތިލާން ކިއުގައި ޖެހޭކަށް ނުޖެހޭނެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގިނަ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގިއެވެ. ނަމަވެސް އެ ތަންތަނަށް ކުރިމަތިލާން އާންމު ފަރުދުން އުފުލަން ޖެހުނު ތަކުލީފްތަކަކީ މިއަދުވެސް ގިނަބަޔެއްގެ ހަނދާނުގައި ހުންނާނެ ކަންކަމެވެ. ގިނަ އިރުތަކެއް ވަންދެން ކިއުގައި ހުންނަން ޖެހުމާއި، ޕޮއިންޓް ދިން އުސޫލު ނޭނގި ލިސްޓުން ބާކީވުން ފަދަ މައްސަލަތައް ފާހަގަކޮށްލެވެއެވެ.

2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ފަސޭހަކަމާއި އެކު ދިވެހިންނަށް ލިބޭނެގޮތް މަގުފަހިކޮށްދެއްވުމެވެ. މިގޮތުން އެމަނިކުފާނުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހިމެނޭ އެއް ވައުދަކީ ކިއުގައި ނުޖެހި ފްލެޓަށް އެދެވޭނެ ނިޒާމެއް ގާއިމްކޮށްދެއްވުމެވެ.

މި ވައުދު ފުއްދުމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ ކިއުގައި ނުޖެހި ފްލެޓަށް ކުރިމަތިލާނެ ގޮތް ހަމަޖައްސައިދިނުމަށް "މަގޭ ހިޔާވެހި" ނަމުގައި އޮންލައިން ޕޯޓަލެއް ގާއިމްކޮށްދީފައެވެ.

ވޮއިސްްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މި ޕޯޓަލްގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރ އަހުމަދު ނަޝީދު ވިދާޅުވީ މި ޕޯޓަލް ގާއިމްކުރެވުނު އިރު، އޭގެ ތެރޭގައި ހުރިހާ ދިވެހިންގެ މައުލޫމާތު ހިމެނިފައިވާނެކަމަށެވެ.

"މަގޭ ހިޔާވެހި ޕޯޓަލްއާއި ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ވާނީ ގުޅުވާލެވިފައި. އެހެންކަމުން މި ޕޯޓަލްގައި ހުރިހާ ދިވެހިންގެ މައުލޫމާތު ހުންނާނެ"، ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ފްލެޓަށް ކުރިމަތިލާނަމަ މި ޕޯޓަލްގައި ރަޖިސްޓަރވެ ޕްރޮފައިލް އަޕްޑޭޓްކުރަން ޖެހޭނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ރެޖިސްޓްރޭޝަން - އެންއައިސީޓީގެ އީ-ފާސް މެދުވެރިކޮށް

މަގޭ ހިޔާވެހި ޕޯޓަލްގައި ރަޖިސްޓަރވާން އެދޭ ފަރާތްތަކުން އެ ޕޯޓަލްއަށް ވަނުމަށްފަހު، އީ-ފާސް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެެއެވެ. އީފާހަކީ ދައުލަތުގެ ޚިދުމަތްތައް ބޭނުންކުރުމުގައި ފަސޭހަކުރުމަށް އެންސީއައިޓީން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ ސިސްޓަމެކެވެ. މިހާރުވެސް އީފާސް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީގެ ބޮލި ސިސްޓަމް އާންމުން ބޭނުންކުރާކަން ފާހަަގަކޮށްލެވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އީފާސް ލޮގިންއެއް ހެދުމަށްފަހު ވެހި ޕޯޓަލަށް ވަދެވޭނެކަމަށާއި އެއަށްފަހު ކޮންމެ ފަރާތަކަށްވެސް އެފަރާތެއްގެ ޕްރޮފައިލް އަޕްޑޭޓްކޮށް ބަދަލު ގެނެވޭނެކަމަށް ވިދާޅުވިއެވެ. ޕްރޮފައިލްގައި ހިމެނޭ ބައެއް މައުލޫމާތު ތަކުގެތެރޭގައި ޒާތީ މައުލޫމާތާއި، ވަޒީފާގެ މައުލޫމާތާއި، ކައިވެނީގެ މައުލޫމާތާއި، ގޯތި ގެދޮރުގެ މައުލޫމާތު ފަަދަ މައުލޫމާތު ހިމެނެއެވެ.

ސޮފްޓްވެއާ ތަރައްޤީކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެން

މިހާތަނަށް މަގޭ ހިޔާވެހި ޕޯޓަލްގެ ފުރަތަމަ ފިޔަވަހި ކަމުގައިވާ އާންމު ރައްޔިތުންގެ ރެޖިސްޓްރޭޝަން ޕޯޓަލްގެ މަސައްކަތް ވަނީ ނިމިފައެވެ. ނަޝީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެޑްމިނިސްޓްރޭޝަން ޕޯޓަލެއް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. މި އެޑްމިން ޕޯޓަލްގެ ދަށުން ސްކީމްތައް ޝާއިއުކޮށް، އާންމުން ހުށައަޅާ ލިޔުންތައް ބެލުމަށްފަހު ޕޮއިންޓް ދެވޭނެގޮތް ހަމަޖައްސާނެކަމަށެވެ.

މި ޕޯޓަލްގެ މައުލޫމާތުތައް އިތުރަށް ފުރިހަމަކުރުމަށް ހައުސިންގ މިނިސްޓްރީން ދަނީ ދައުލަތުގެ އެހެނިހެން އިދާރާތަކާއި އެކުގައިވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާއި ޕެންޝަން އޮފީހާއި އެކު އެފަރާތުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާާއި އަދި ޕެންޝަނަރުންގެ މައުލޫމާތު ޕޯޓަލްގައި ހިމެނޭނެކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން ހައުސިންގ ސްކީމްއަށް ޕޮއިންޓު ދިނުމާއި، މީހާގެ ހާލަތު ދެނެގަންނަން ބޮޑެތި ފަސޭހަތަކެއް ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މަގޭ ހިޔާވެހި ޕޯޓަލްގައި ރަޖިސްޓަރވުމަށް އެހީވުމަށާއި، ޕޯޓަލްއާއި ގުޅޭ ޝަކުވާތައް ހުށައެޅުމަށް މިނިސްޓްރީގައި ވަނީ ޚާއްސަ ހެލްޕް ޑެސްކެއްވެސް ގާއިމްކޮށްފައެެވެ. މި ހެލްޕް ޑެސްކްގެ ޚިދުމަތް އަދި ލިބެން ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ފެށިގެން މެންދުރު 12އަށެވެ.

ނަޝީދު ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ އުންމީދަކީ މި ޕޯޓަލްގައި މަދުވެގެން 30،000 އެއްހާ ރައްޔިތުން ރަޖިސްޓަރވެ އިޖްތިމާއީ ބޯހިޔާވެހިކަމަށް އެދުމުގެ ހިދުމަތް ހޯއްދެވުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...