N/A
N/A
ހަބަރު 04 Oct 2018 | 07:21

ވައްކަމާއި ކަރޮޕްޝަންގެ ދޮރު މަޖިލިސްތެރެއިން އަލުން ހުޅުވައިލަނީ

ދިވެހި ރާއްޖޭގައި ވައްކަމާއި ކަރޮޕްޝަނާއި ފަސާދައިގެ ދޮރު އަލުން ހުޅުވައިލާން ތައްޔާރުވަމުން އެބަދެއެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެމްޑީޕީއާއި ކޯލިޝަން ހަދާފައިވާ ގްރޫޕްތަކާއި ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިގެން އަމަލުކުރެވެމުންދާ އެންޓި ޑިފެކްޝަނާއިބެހޭ ގާނޫން އުވާލަން މިއަދު ( ބުރާސްފަތި ދުވަހު ) ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށެވެ. މިގާނޫން އުވާލުމުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރުން ޕާޓީ ބަދަލުނުކުރެވޭގޮތަށް މިހާރު ލެވިފައިވާ ތަޅު ނައްޓައިލެވޭނެއެވެ. އާ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ ބާރުގައި އެންމެ ފުރަތަމަ ކުރާކަމަކަށް ހަދައިގެން އެންޓި ޑިފެކްޝަންގެ ގާނޫން އުވާލަންވީ ނުވަތަ އެގާނޫންދެކެ އެހާ ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ. އެގާނޫން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މައުސޫމް މެމްބަރުންގެ މެމްބަރުކަން ހިގަމުންދާ ސަރުކާރުން ގެއްލުވާލާފައިވާތީ ހެއްޔެވެ.

އެންޓި ޑިފެކްޝަންގާނޫން އައީ ކީއްވެ؟

އިންޓި ޑިފެކްޝަންގެ ގާނޫން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުއްލިގޮތަކަށް ގެނައީ ޕީޕީއެމްގެ މެމްބަރުންތަކެއް ޕާޓީގެތެރޭގައި ޕާޓީގެ ލީޑަރޝިޕާއި ދެކޮޅުވެރިވެ ޕާޓީގެ އެންމެ މުހިއްމު ބާރުތައް ލިބެމުންދިޔަ ރައްޔިތުންގެ މަޖިލިސްތެރޭގައި ޕާޓީ ނިކަމެތިކޮށް ޕާޓީން މަޖިލިސްގެ ރައީސްކަމަށް ކަނޑައަޅާފައިވާ އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުންނެވެ. ޕީޕީއެމް ތަމްސީލުކުރާ ފުވައްމުލަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީގެ މެމްބަރުން މަސީހްއާއި ދެކޮޅުވެރިވެގަތީ މަސީހްގެ ސަބަބުން އެމެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ގެންދަންހުރި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހޭތީކަމާއިމެދު އެއްވެސް ސުވާލެއް ނެތެވެ. އެއީ އެމެމްބަރުންގެ އަމިއްލަ ޕޮލިޓިކްސްއެވެ. މަސީހްއާއިމެދު ނުރުހުންވި ޕާޓީގެ އެހެން ބައެއް މެމްބަރުންގެވެސް ހަގީގީ އަމާޒަކީ ކޮންމެހެން މަސީހް ހުރެގެން ރައްޔިތުންގެ މަޖިލީހުން ކުއްލި ގާނޫންތަކެއް ފާސްކުރަން ފުރުސަތު ދޭތީ އެކަން ހުއްޓުވުމެއްވެސް ނޫނެވެ. އެއީ އެކަމަށް މަސައްކަތްކުރި ގިނަމެމްބަރުންނަކީ މީހުން އެމީހުންގެ ފަތިފުށްދަންނަ ކަރޮޕްޓް މެމްބަރުންނެވެ. ހަގީގީ މައްސަލައަކީ ރައީސް އަބްދުﷲ ޔާމީން އެމެމްބަރުންގެ ބަސްއަޑުއަހަން ޖެއްސުމެވެ. ޕާޓީގެ އެތެރޭގައި މެޑަމްގެ ވިންގުގައި ތިބި ފަރާތްތަކުން ރައީސަށް މާބޮޑަށް ނުފޫޒު ފޯރުވާތީއެވެ.

މެމްބަރުންގެ މިއިދިކީލަކަން ރައީސް އަބްދުﷲ ޔާމީން މައިތިރި ކުރައްވަން އުޅުއްވީ ދަގަނޑު އަތްޕުޅަކުންނެވެ. މައްސަލަ ހައްލުކުރެއްވުމުގެ ބަދަލުގައި ޕާޓީގެ ލީޑަރޝިޕްގެ އަމުރުތަކަށް ތަބާނުވާ މެމްބަރެއްވެއްޖިއްޔާ ޕާޓީން ވަކިކޮށް ގޮނޑިގެއްލުވާލުމެވެ. އެއީ އެހެން މެމްބަރުންނަށް ފިލާވަޅަކަށްޓަކައެވެ. އެކަމަކު ހަގީގަތުގައި އެފިޔަވަޅުގެ ނަތީޖާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވަށްޓާލުމަށް އެމްޑީޕީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުމެވެ. މިއަދު ރައީސް އަބްދުﷲ ޔާމީން އެ ސަފަރކުރައްވަނީ އެދުވަހު ހިތްޕުޅު ހަރުކުރައްވައިގެން ކުރެއްވި ކަންތަކެވެ.

ރައްޔިތުންގެ މަޖިލިސް ކަޅުފައިސާއިން ތާހިރުކުރަންޖެހޭ

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ދެބަސްވުމެއް ނެތްގޮތުގައި ދިވެހި ރާއްޖެއަށް ނުހަނު ބޭނުންތެރި ގާނޫނެއްކަން ގަބޫލުނުކުރާނީ ކޮންދިވެއްސެއް ހެއްޔެވެ. ކަރޮޕްޝަންގެ ހާއްޔަކީ ރައްޔިތުންގެ މަޖިލިސްތެރެކަމަށް ވަރަށް ގިނަ މީހުން ވާހަކަދައްކައެވެ. އެވާހަކަ ފެށުނީ ޑީއާރްޕީގެ އެންމެ އަޑުހަރު މެމްބަރުކަމުގައި ކުރިން ހުންނެވި އަލްހާން ފަހްމީ އެމްޑީޕީއަށް ބަދަލުވި ހިސާބުންނެވެ. އަދި ޑީއާރްޕީގެ މެމްބަރު އަލީވަހީދުގެ ބަދަލުވުމާއި އަދި މަހްލޫފު ޕާޓީ ބަދަލުކުރުމާއިވެސް ކަޅުފައިސާއާ ގުޅުވުނެވެ. އަލީވަހީދުގެ ވަރަށް ގިނަ ސްޓޯރީތައް ނޫސްތަކުގައި މިހާރުވެސް އެހެރީ ފެންނާށެވެ. އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވެއްޖިއްޔާ ބޮޑު އަގުދީފައި އެހެން ޕާޓީތަކުގެ މެމްބަރުން ގަތުމާއި ވޯޓާއިދިމާކޮށް ދޭ ރިޝްވަތުގެ ކަޅުފައިސާގައި މެމްބަރުން ޖެހޭކަމުގެ ވާހަކަތައް ދިވެހި ޖައްވުގައި މިހުންނަނީ ގުގުމާފައެވެ. މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން އިންތިޚާބު ވެވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ވައުދުވި އެންމެ ބޮޑުވައުދަކީ އެކަޅުފައިސާއިން ރައްޔިތުންގެ މަޖިލިސް ތާހިރްކުރުމެވެ. އެކަމަކު ފައިސާގެ ނޫޓްތަކުގެ ބޮޑިވަރު ފެނުމުން ދަހިވެތިކަން ހިތުތެރެއަށްވަދެ ކަޅުފައިސާނަގައި އެއިން އަބިދަރިންނަށް ކާންބޯންދޭން އެއްވެސް ފަސްޖެހުމެއް ނުވެއެވެ. އެންޓި ޑިފެކްޝަންގެ ގާނޫނުން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ހިގަމުންދާ މި މުޑުދާރު ކުޅިގަނޑު ހުއްޓުވައިދެއެވެ. އެކަން އިންތިޚާބީ ރައީސްގެ ޕާޓީ، އެމްޑީޕީގެ އިސްވެރިން ގަބޫލުފުޅުކުރައްވާކަމީ ޔަގީންކަމެކެވެ. މިގާނޫންއާއިމެދު އެޕާޓީ ޕޮޒިޓިވްކަން ޕާޓީގެ ބޭބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުން އެގެއެވެ.

ގާނޫން އުފެއްދީ ކޮންމެ މަގްސަދެއްގައިކަމަށްވިޔަސް އެގާނޫނުން ހުއްޓުވައިދެނީ މެމްބަރުން ޖެހިދާނެ ރިޝްވަތާއި ފަސާދައެވެ. އެހެން އެކަން އޮތްވައި މިގާނޫން އެހައި އަވަސް އަރުވައިލައިގެން އުވާލަން އުޅުމުގެ ފަހަތުގައި ވަނީ ކޮންކަމެއްކަން އާއްމުމީހާއަށް ނޭގޭނެކަމަށް އެކަން ކުރަންއުޅޭ ޕާޓީތަކަށް ހީވަނީހެއްޔެވެ. ނޫނެކެވެ. އުޅުއްވަނީ މެމްބަރުންތަކެއް ރިޝްވަތުނަގައިގެން، އަނެއްކާވެސް ރައްޔިތުންގެ މަޖިލިސް މުޑުދާރުކޮށް، ޕާޓީބަދަލުކުރާށެވެ. ވޯޓާއިދިމާކޮށް ލިބޭ ލާރިގަނޑު ލިބޭނެގޮތް ވެފައި އޮތުމެވެ. ޔަގީނުންވެސް އެންމެ ގިނަ މެމްބަރުން ގުޅޭނީ އޭރަކު ވެރިކަމުގައި އޮންނަ ޕާޓީއަކަށެވެ. ކަރޮޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަނީކަމަށް ރައްޔިތުންނަށް ދަޅަދައްކައިގެން އައިސް ކުރަނީ މިފަދަ ކަންތަކެވެ. އެންޓި ޑިފެކްޝަންގެ ގާނޫން އުވާލުމުގެ ބަދަލުގައި އިސްލާހް ކުރެވެން އޮއްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.